އެމްޑިޕީ އިން އެއް ޖިންސުން ކައިވެނިކުރުމުގެ ހައްގު ހޯދުމަށް ތާއިދު ނުކުރާ ކަމަށް، އެމްޑިޕީގެ ޕާލަމެންޓްރީ ގުރޫޕް އަދި ގައުމީ މަޖިލީހުގެ މެމްބަރު އިބްރާމް ދީދީ ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި މިހާރު އދ.ގެ ދީނީ އަދި ފިކުރީ މިނިވަންކަމާއި ބެހޭ މަންދޫބު ޑރ.އަހްމަދު ޝަހީދު އެއްޖިންސުން ކައިވެނި ކުރުމަށް ތާއިދުކޮށް ދައްކާފައިވާ ވާހަކަތަކަށް ޓުވިޓާގައި ރައްދު ދެއްވަމުން އިބްރާހިމް ދީދީ ވިދާޅުވެފައިވަނީ ރާއްޖޭގައި ﷲ ހަރާން ކުރައްވާފައިވާ ބޮޑު ފާފައެއް އިންސާނީ ހައްގަކަށް ނެހެދޭނެ ކަމުގައެވެ. އަހްމަދު ޝާހިދުގެ ވާހަކަތަކާއި ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ފާޑު ކިޔަމުންދާއިރު އެމްޑީޕީގެ މެމްބަރަކު މިފަދަ ވާހަކައެއް ދެއްކުމުން އެކަން އިބްރާހިމް ދީދީ ފިޔަވައި އެހެން ފަރާތަކުން ކުށްވެރިކޮށްފައި ނުވާތީ ގިނަ ބަޔަކު ވަނީ ކަން ބޮޑުވުން ފާޅުކޮށްފައެވެ. އެއްޖިންސުން ކައިވެނި ކުރުމަށް ޝަހީދު ތާއިދު ކޮށްފައި ވަނީ ޖަރުމަންވިލާތުގައި އެއްޖިންސުން ކައިވެނި ކުރުން ހުއްދަ ކުރުމަށް އިއްޔެ އެގައުމުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކުރި ޚަބަރެއް ރީޓްވީޓް ކުރަމުންނެވެ