English Edition
Dhivehi Edition

މާދަރީ ބަހުގެ ދުވަސް، ކުލަގަދަ ގޮތެއްގައި ރާއްޖޭގެ ސްކޫލްތަކުގައި ފާހަގަކޮށްފިއެވެ.

ސަރުކާރުން ތަޢުލީމީ ދާއިރާއަށް ކަނޑައަޅުއްވާފައިވާ މެނިފެސްޓޯގައި ހިމެނޭ “އިސްލާމް ދީނަށާއި ޤައުމިއްޔަތަށް ލޯބިކުރާ، ދީނީ އަދި ޤައުމީ ވާޖިބުތަކަށް އަޙުލުވެރި ދަރިވަރުން އުފެއްދުމުގެ” ސިޔާސަތުގެ ދަށުން، ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަސް، ކުލަގަދަ ގޮތެއްގައި ރާއްޖޭގެ ސްކޫލްތަކުގައި ފާހަގަކޮށްފިއެވެ. މިގޮތުން ސްކޫލްތަކުގައި އިއްޔެ ހިންގުނު ޙަރަކާތްތަކުގެ ތެރޭގައި، ދުވަހާއި ގުޅުވައިގެން ޚާއްސަ އެސެމްބްލީ ބޭއްވުމާއި، ދިވެހިބަހާއި ބެހޭ މަޢުލޫމާތު ދިނުމާއި، ދިވެހި އާދަކާދައާއި ސަގާފަތް ދައްކުވައިދޭ ތަފާތު ޙަރަކާތްތައް ހިމެނެއެވެ.

ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހުގެ ގޮތުގައި ޔުނެސްކޯ އިން ކަނޑައަޅުއްވާފައިވަނީ ފެބުރުވަރީ މަހުގެ 21 އެވެ. މިއަހަރުގެ ޝިޢާރެއްގެގޮތުގައި ޔުނެސްކޯ އިން ކަނޑައަޅުއްވާފައިވަނީ ” ދެމެހެއްޓެނި ތަރައްޤީއަށް- ބަހަވީ ސިންދަފާތާއި ގިނަ ބައްސަކަން” އެވެ.