ދިވެހި ރެޑްކްރެސެންޓްގެ ފަރާތުން އައްޑޫ ސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ ސްޓޭންޑާޑް ފަސްޓް އެއިޑް ޓްރައިނިން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ޓްރައިނިން 1 ޖުލައި އިން ފެށިގެން 03 ޖުލައި އަށް ހިތަދޫގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. އަދި 08 ޖުލައި އިން 10 ޖުލައި އަށް ހުޅުދޫ މީދޫގައި ކުރިއަށް ގެންދާނެއެވެ. 03 ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މި ޓްރައިންންގައި 18 އަހަރު ފުރިފައިވާ ކޮންމެ ފަރާތަކަށް ބައިވެރިވެވޭނެއެވެ. އެސް.އެފް.އޭގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 29 ޖޫން 2017 ވާ ބުރާސްފަތި ދުވަހާއި ހަމައަށް ނަން ނޯޓްކުރުން ކުރިއަށްދާނެއެވެ. މި ޓްރައިނިންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 9906706 ނަންބަރަށް ގުޅުމުން އިތުރު މައުލޫމާތު ލިބިގެންދާނެއެވެ. މީގެ ކުރިންވެސް ރެޑްކްރެސެންޓުން ވަނީ މި ފަދަ ގިނަ ޕްރޮގްރާމްތައް އައްޑޫ ސިޓީ ގައި ހިންގާފައެވެ. އަދި މި ޕްރޮގްރާމްތަކުން ތަމްރީނު ލިބިފައިވާ ފަރާތްތަކުން ވަނީ އައްޑޫގައި ބާއްވާ އެކި ހަރަކާތްތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދީފައެވެ.