English Edition
Dhivehi Edition

ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ސުޕްރީމް ކޯޓަށް ލަފައަކަށް އެދި ހުށަހެޅި މައްސަލަ ބަލައި ނިމެންދެން މަޖިލީހުން އިއްޔެ ނިންމި ނިންމުމަށް އަމަލު ކުރަމުން ގެންދިއުމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައިވާ ގޮތުގައި އެކޯޓުގެ ލަފައަކަށް މަޖިލީހުން އެދިފައިވަނީ، ކުއްލި ހާލަތުގެ މުއްދަތު އިތުރު 15 ދުވަހަށް އިތުރު ކުރުމަށް އިއްޔެ މަޖިލީހުން ނިންމި ނިންމުމާމެދު މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ބައެއް މެމްބަރުން ސުވާލު އުފައްދަވާފައިވާތީއެވެ. އަދި މިއަދު އެކޯޓުން ނެރުނު އަމުރަކީ މަޖިލީހުގެ ނިންމުމާމެދު ލަފާ ދެވެން ދެން ވަގުތީ ގޮތުން ނެރުނު އަމުރެއް ކަމުގައިވެސް އަމުރުގައިވެއެވެ.

އިއްޔެ މަޖިލީހުން ކުއްލި ނުރައްކަލުގެ ހާތަލުގެ ގަރާރު 30 ދުވަހަށް މުއްދަތު އިތުރުކޮށް ފާސްކޮށްފައި ވަނީ 38 މެމްބަރުންގެ ވޯޓާ އެކު އެވެ. އަދި ގަރާރުގެ ބައެއް މާއްދާތައް ވަނީ އުނިކޮށްފައެވެ. އެގޮތުން ކުއްލި ހާލަތުގައި ހިފަހައްޓާފައިވާ ގާނޫނުއަސާސީގެ 100، 101، 113، 228 ވަނަ މާއްދާ ވަނީ ގަރާރުން އުނިކޮށްފައެވެ.