English Edition
Dhivehi Edition

މުލިމަތި ޔުނައިޓެޑްއިން އިންތިޒާމުކޮށްގެން ބާއްވާ ބެސްޓް ފުޓްސެލް ޓޯނަމެންޓް 2018 ގައި ރޭ ކުޅުނު ފުރަތަމަ މެޗް ގައި ޝަންގްރިއްލާ އާއި ޑީއެފްސީ ބައްދަލު ކުރި މެޗު 1-1 ލަނޑުން އެއްވަރުވެއްޖެއެވެ

ރޭ ހުޅުދޫ ޕޮލިސް ދަނޑުގައި ކުޅުނު ފޯރިގަދަ މެޗުގައި ދެ ޓީމުންވެސް ހަމަހަމަ މޮޅު ކުޅުމެއް ކުޅެފައިވާއިރު މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައިވަނީ ޑީއެފްސީ އިންނެވެ. ޑީއެފްސީގެ ވަޖީހުގެ ގޯލާއެކު މެޗުގެ ފޯރި އިތުރަށް ގަދަވެގެން ދިޔަ އިރު ޝަންގްރިއްލާއިންވަނީ އެ ޓީމުގެ ޑިފެންސް ލައިން ވަރުގަދަކޮށްފައެވެ. ދެ ޓީމުގެ ފަރާތުންވެސް ގިނަހަމަލާތަކެއް ގޯލަށް އަމާޒުކޮށް ފޮނުވާފައިވާ އިރު މެޗުގެ ނަތީޖާ އެއްވަރުވި ލަނޑު ޝަންގްރިއްލާ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޖާޒީ ނަންބަރު 11 ޝާޓީއެވެ

ރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޑީއެފްސީގެ ޖާޒީ ނަންބަރު 10 އަހްމަދު ނާދިރުއެވެ

މިމުބާރާތުގެ ގްރޫޕް މެޗްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރުމަށްފަހު ޕޮއިންޓްގެ ގޮތުން އެންމެ މޮޅުވާ ދެޓީމް ސެމީފައިނަލަށް ހޮވޭގޮތަށެވެ

މުބާރާތުގެ ޗެމްޕިއަން ޓީމަށްވަނީ ޓްރޮފީއާއި، 25000 ރުފިޔާގެ އިނާމެއް ހުށަހަޅައިފާއިރު ރަނަރއަޕް ޓީމަށްވަނީ 12000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފައެވެ
މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބެސްޓް ސެލެކްޝަނެވެ. މީޑިއާ ޕާޓްނަރަކީ އޭއޯ ނިއުސްއެވެ. ޕްރިންޓިން ޕާޓްނަރ އަކީ ކޯންޓްރޯލް ޕީ އެވެ