ދިވެހިރާއްޖޭގައި އޮތް ޤާނޫނު އަސާސީ “ޕެރެލައިޒް” ކުރަން ނުވަތަ ނުކުޅައްދަން އެއްވެސް ބަޔަކު އުޅޭނެ ނަމަ އެކަމާއި ދެކޮޅަށް ދިވެހި ރައްޔިތުން ނުކުންނާނެ ކަމަށް ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން އަށާއި ސަރުކާރަށް އޮތް ތާއީދު ދައްކާލަން ރުމާލު 2 ޖަގަހައިގައި ކުރިއަށް ރޭ ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން އައިބީ ވިދާޅުވީ މި ދިމާވެގެން އުޅެނީ އެންމެ މައްސަލަ އެއް ކަމަށާއި އެއީ 30 އަހަރު ދުވަސް ވީ ވެރިކަން ނުވެއްޓިގެން އުޅެނީކަމަށެވެ.
އަދި ވިދާޅުވީ ރައީސް ޔާމިނުގެ ވެރިކަމުގައި މިއަދު ހުންނެވި އިރު ކުރީގެ ރައީސުން މިއަދު ރައްޔިތުންގެ ކުރިމައްޗަށް އަރަން ލަދު ގަންނަން ޖެހޭނެ ކަމަށާއި އެއީ 35 އަހަރު ދުވަސް ތެރޭގައި ކުރީގެ ރައީސުން ޤައުމު ދަރުވާލާފައި އޮތް ދެރުން އަދާކުރެއްވީ ރައީސް ޔާމީނުގެ ޙިކުމަތްތެރި އިޤްތިޞާދީ ވިސްނުނުްފުޅު ބޭނުން ކުރައްވައިގެންކަމަށް ވާތީ އެވެ.
އިދިކޮޅު ފަރާތް ތަކުން މިއަދު ކުރަމުން އަންނަ މަސައްކަތަކީ، އިންތިޚާބުން ވެރިކަން ބަލި ނުކުރެވޭނެ ކަން އެނގުނީ މަ ވައްޓާލަން ކުރަމުން އަންނަ މަސައްކަތް ކަމަށާއި އެކަމަށް އިދިކޮޅު ފަރާތްތަކަށް ގޮވާލީ ކުރީގެ ރައީސް މައުމޫންކަމަށް ވެސް އައިބީ ހަނދާން ކޮށްދެއްވިއެވެ
ދިވެހި ޤައުމުގެ ރައީސް އަކަށް ހުންނަވާ ބޭފުޅަކު މަޤާމުން އަޒަލު ކުރަން މަޖްލީހުގެ 3 ބައި ކޮށްފަ ދެބައި ނޫނެކޭ ބުނަން ޖެހޭ ކަމަށާއި އަދި ސުޕްރީމު ކޯޓަށް އެ ފުރުބަތު ލިބޭނީ އޭގެ ފަހުން ކަމަށްވެސް އައިބީ ވިދާޅުވިއެވެ.
ރައިސް ޔާމީން ގެ ކޮރަޕްޝަނުގެ މައްސަލަ އެއް ވެސް ޚިޔާނާތުގެ މައްސަލައެއް ނެތް ކަމަށާއި ދެން ރައީސްގެ ކުށަކީ ކޮބާއިތޯ އައިބީ ވަނި ސުވާލު ކުރައްވާފައެވެ. އެމަނިކުފާނުގެ ކުށަކީ ނަރުދަމާ އާއި ޞިއްހީ ނިޒާމު ތަރައްޤީކޮށް، ފަތުރުވެރިކަން އިތުރުކޮށް ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑު ކުރުން ތޯ ވެސް އައިބީ ވަނީ ސުވާލު ކުރައްވާފައެވެ.