ހުޅުމާލޭގައި ދެ ކާރު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ ދެ ކާރު ޖެހިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ، ހިތިގަސްމަގު ބްރިޖްގައި ކަމަށެވެ. މި އެކްސިޑެންޓުގެ މައުލޫމާރު ފުލުހުންނަށް ލިބިފައިވަނީ ރޭ ދަންވަރު 02:43 އެހާކަންހާއިރު ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.
މި އެކްސިޑެންޓްގައި އޭގެ ތެރެއިން އެއް ކާރު ވަނީ ފުރޮޅާލި ނަމަވެސް، އެއްވެސް މިހަކަށް ބޭރުފުށުން ޖިސްމާނީ އަނިޔާއެއް ވެފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.