English Edition
Dhivehi Edition
ފޮރިން މިނިސްޓަރު ހަލީލް އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީގައި

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން، ހަމަލާތައް އަމާޒުވަމުންދާ ގައުމުތަކުގައި މިވަގުތު ތިބި ދިވެހިން ބޭރަށް ނުކުމެ އުޅުން ވީހާވެސް މަދުކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހަމަލާތައް އަމާޒުވަމުންދާ ގައުމުތަކުގައި ދިރިއުޅޭ ދިވެހިން އެ ގައުމެއްގެ ސަރުކާރުން ސަލާމަތާއި ރައްކާތެރި ކަމަށް ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް އެދޭ ކަމަށެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި ކޮންސިއުލާ އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސޭހަކުރުމުގެ ގޮތުން، އެ ސަރަހައްދުގައި އުޅޭ އެންމެހާ ދިވެހިން ވީ އެންމެ އަވަހަކަށް އެންމެ ކައިރީގައި ހުރި ރާއްޖޭގެ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް ވެސް ވަނީ އަންގާފައެވެ.

މިވަގުތު އެ ސަރަހައްދުގައި ތިބި ދިވެހިންގެ ހާލަތު ފޮރިން މިނިސްޓްރީންނާއި މެދުއިރުމަތީގައި ހުންނަ ރާއްޖޭގެ އެމްބަސީތަކުން ވަރަށް ގާތުން ބަލަމުންދާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. ދިވެހިންނަށް ފަސޭހައިން ގުޅޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ގަތަރުގެ ދޯހާ، ޔޫއޭއީ އަދި ސައުދީ އަރަބިއްޔާގައި ހުންނަ ރާއްޖޭގެ އެމްބަސީތަކުގެ ނަންބަރުތަކާއި، ފޮރިން މިނިސްޓްރީގެ ކޮންސިއުލާ ހޮޓްލައިން ނަންބަރު ވަނީ އާންމުކޮށްފައެވެ.

މެދުއިރުމަތީގެ މަސްރަހު މިހާބޮޑަށް ގޯސްވެފައިވަނީ، އެމެރިކާ އާއި އިސްރާއީލުން އިސްވެ އީރާނަށް ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ. އީރާނުން ދަނީ އެ ސަރަހައްދުގެ ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާ ދެމުންނެވެ. އެގޮތުން ޔޫއޭއީ އާއި ގަތަރުގެ އިތުރުން ކުވެއިތު އަދި ބަހުރޭނަށްވެސް އީރާނުން ވަނީ ހަމަލާދީފައެވެ.