English Edition
Dhivehi Edition
ނ. ހޮޅުދޫގެ އަންހެން ދަނޑުވެރިންތަކެއް - ފޮޓޯ: ޔޫއެން މޯލްޑިވްސް

އަންނަ ރަމަޟާން މަހަށް ޚާއްސަކޮށްގެން މާލޭގައި ގާއިމުކުރާ ވަގުތީ މާރުކޭޓުން ޖާގަ ހޯދުމުގެ ފުރުސަތު، ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ރަށްރަށުގެ ކައުންސިލްތަކަށް ހުޅުވާލައިފިއެވެ.

މިނިސްޓްރީން ބުނީ މިއީ ރޯދަ މަހު އަތޮޅުތަކުން މާލެއަށް ދަނޑުވެރިކަމުގެ އުފެއްދުންތައް ގެންނަ ފަރާތްތަކަށް ފަސޭހައިން ތަކެތި ވިއްކޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ގާއިމުކުރާ މާރުކޭޓެއް ކަމަށެވެ. މި ތަން ހިންގުމަށް ހަމަޖެހިފައި ވަނީ ކަމާ ގުޅުންހުރި އެހެން އިދާރާތަކުގެ ވެސް އެހީތެރިކަމާ އެކުގައެވެ.

މި މާރުކޭޓުގައި ބައިވެރިވުމަށް އެދޭ ކައުންސިލްތަކުން، އެ ރަށެއްގެ ދަނޑުވެރިންނާ މަޝްވަރާކުރުމަށް ފަހު ފޯމު ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. ފޯމު ހުށަހަޅާއިރު، ފާއިތުވި 2025 ވަނަ އަހަރުގެ ރޯދަ މަހު އެ ރަށަކުން މާލެއަށް ފޮނުވި ތަކެތީގެ އަންދާސީ ހިސާބުތަކާއި، މި އަހަރު (2026) ގެ މާރުކޭޓުގައި ތަކެތި ވިއްކަން ބޭނުންވާ ފަރާތްތަކުގެ އަދަދު ބަޔާންކުރަން ޖެހެއެވެ.

މިކަމަށް ޝައުގުވެރިވާ ކައުންސިލްތަކުން، މި ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން [email protected] އަށް ފޯމު މެއިލް ކުރުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ. އިތުރު މައުލޫމާތު މިނިސްޓްރީގެ ނަންބަރު 3309390 ނުވަތަ 3309394 އަށް ގުޅުމުން ލިބޭނެއެވެ.

ޓެގު