English Edition
Dhivehi Edition
ރައީސުލްޖްމްހޫރިއްޔާގެ އަނބިކަނބަލުން، އެކްސެލް އިންޓަރނޭޝަނަލް ސްކޫލުގެ ދަސްވެނިވުން 2025 ،ގައި ބައިވެރިވަޑައިގަތުން
ދުނިޔޭގެ ބްރެއިލް ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ހާއްސަ މެސެޖެއް ދެއްވައިފިއެވެ.
މި މެސެޖުގައި އެކަމަނާ ވިދާޅުވީ އިލްމު އުނގެނުމަކީ ހަމައެކަނި ވަކި ބަޔަކަށް ލިބިފައިވާ އިމްތިޔާޒެއް ނޫން ކަމަށާއި، އެއީ ކޮންމެ މީހަކަށް ވެސް ލިބިގެންވާ ހައްގެއް ކަމަށެވެ. އަދި އެންމެން ޝާމިލުވާ މުޖުތަމައެއް ބިނާކުރުމަށްޓަކައި އެކަކު އަނެކަކަށް ހަމްދަރުދީވުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ މީހުންގެ ދިރިއުޅުމުގައި ބްރެއިލް ނިޒާމު އަދާކުރާ މުހިންމު ދައުރަށް އަލިއަޅުވާލައްވައި، މެޑަމް ސާޖިދާ ވަނީ އެ ފަރާތްތަކުގެ ކިބައިގައި ހުންނަ ހިތްވަރާއި ކެތްތެރިކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން މުޖުތަމައުގެ އެންމެހައި ފަރުދުންގެ މެދުގައި އޯގާތެރިކަން އިސްކޮށް، ކޮންމެ ފަރުދަކީ ވެސް ބާރުވެރި އަދި އަގުވަޒަން ކުރެވޭ މީހެއްކަމުގެ އިހުސާސް ކޮށްދިނުމަށް މަސައްކަތް ކުރުމަށް އެކަމަނާ ބާރުއެޅުއްވިއެވެ.

މި ދުވަހާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ މެސެޖެއް ދެއްވާފައެވެ. ރައީސް ދެއްވި މެސެޖުގައި ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރައްވާނީ އެއްވެސް މީހަކު ބާކީ ނުވާނެ ގޮތަށް ކަމަށެވެ. އަދި އެންމެން ޝާމިލުވާ ގޮތަށް، ހުރިހާ ފަރުދުންނަށް ހުރަހެއް ނެތި މައުލޫމާތާއި ފުރުސަތުތައް ފަހިވެފައިވާ މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.