ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލުން މިހާތަނަށް 500،000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދީފިއެވެ.
އެމްއޭސީއެލުން ބުނީ އެއާޕޯޓްގެ އައު ޓާމިނަލް ހުޅުވި ދުވަހުން ފެށިގެން މި މަހުގެ 15 ގެ ނިޔަލަށް 508,008 ފަސެންޖަރުންނަށް ހިދުމަތް ދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖެއިން ފުރި 252,340 ފަސެންޖަރުންގެ އިތުރުން ރާއްޖެ އައި 255,66 ފަސެންޖަރުންނެވެ.
އައު ޓާމިނަލް ހުޅުވިފަހުން އެންމެ ގިނަ ފަސެންޖަރުންނަށް ހިދުމަތް ދިނީ އިއްޔެ އެވެ. އެގޮތުން އިއްޔެ އެކަނިވެސް 19,551 ފަސިންޖަރުންނަށް ވަނީ ހިދުމަތް ދީފަ އެވެ. އޭގެ ތެރޭގައި ރާއްޖެއިން ފުރި، 8,681 ފަސެންޖަރުންނާއި ރާއްޖެ އައި 10،870 ފަސެންޖަރުން ހިމެނެ އެވެ.
ވީއައިއޭ އައު ޓާމިނަލް ހުޅުވާފައިވަނީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރުފުރުން ފާހަގަކުރުމުގެ މުނާސަބަތާ ދިމާކޮށް ޖުލައިމަހުގެ 26 ވަނަ ދުވަހެވެ.
އާ ޓާމިނަލަށް މިހާތަނަށް ވަނީ 38 އެއާލައިނެއްގެ އޮޕަރޭޝަން ބަދަލުކޮށްފައިވެއެވެ.