English Edition
Dhivehi Edition
އިމިގްރޭޝަންގެ ބައެއް މުވައްޒަފުން

މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށް ގެންދާ މައިގްރޭޝަން މޮނިޓަރިން އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް (އެމްއެމްސީޕީ) ގެ ދަށުން މިއަދު ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތަކީ އިމިގްރޭޝަންގެ ގަވާއިދުތަކަށް ބޯލަނބާ މިންވަރު ކަށަވަރު ކުރުމަށާއި ގާނޫނީ އޮނިގަނޑުގެ ތެރެއިން ކަންކަން ހިނގާކަން ޔަގީންކުރުމުގެ ގޮތުން ހިންގުނު ހަރަކާތެކެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް އިމިގްރޭޝަނުން ބުނީ، މިއަދު ކުރިއަށް ގެންދިޔަ މި މޮނިޓަރިން ހަރަކާތަކީ އިމިގްރޭޝަންގެ ގާނޫނުތަކާއި ގަވާއިދުތަކަށް އަމަލުކުރަމުންދާކަން ކަށަވަރު ކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ބައެއް ކަމަށެވެ. މި ޕްރޮގްރާމްގެ މަގުސަދަކީ ގަވާއިދާ ހިލާފުވުން ހުއްޓުވައި، ނިޒާމުގެ ތެރެއިން ކަންކަން އިސްލާހުކުރުމަށް ބާރުއެޅުމެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށާއި، އިމިގްރޭޝަންގެ ގާނޫނުތައް ތަންފީޒު ކުރުމަށް މި ފަހަކަށް އައިސް އިމިގްރޭޝަނުން ދަނީ ސިލްސިލާ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. މިގޮތުން މާލެ ސަރަހައްދުގެ އެކި ތަންތަން ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅޭ ގިނަ އަދަދެއްގެ ބިދޭސީންނާ މެދު ފިޔަވަޅު އަޅަމުންދާކަން ފާހަގަކުރެވެއެވެ.