English Edition
Dhivehi Edition
ވޯލްޑް ސައިޓް ޑޭ ފާހަގަކުރުމަށް އައިކެއާއިން ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން. / ފޮޓޯ. މިހާރު

ލޮލުގެ ފަރުވާ ދިނުމުގައި ރާއްޖޭގައި އިސްކޮށް ހަރަކާތްތެރިވާ އައިކެއާ އިން، ދުނިޔޭގެ ލޮލުގެ ފެނުމުގެ ދުވަސް ނުވަތަ ވޯލްޑް ސައިޓް ޑޭ ފާހަގަކުރުމަށް ބޭއްވި ކުލަ ގަދަ އިވެންޓު ކާމިޔާބު ކަމާއިއެކު ނިންމައިލައިފިއެވެ.

ލޮލުގެ ފެނުމުގެ މުހިންމުކަން ހަނދާންކޮށްދިނުމުގެ މަގުސަދުގައި ބޭއްވި މި އިވެންޓު ބާއްވާފައިވަނީ މާލޭގެ ސޯޝަލް ސެންޓަރުގައި ހުކުުރު ދުވަހުގެ ހަވީރު 16:00 އިން ފެށިގެން ރޭގަނޑު 22:00 އަށެވެ. އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު މި ހަރަކާތަކީ އާއިލާތަކާ އެކު ހިތްއުފާކޮށްލެވޭނެ ގޮތަށް ރާވާފައިވާ ހަރަކާތެއްކަމަށް އައިކެއާއިން ބުނެއެވެ. މި ހަރަކާތުގައި ޢާންމުންނަށް ހިލޭ ލޮލުގެ ޓެސްޓު ހެދުމުގެ ފުރުސަތު ހުޅުވާލެވުނުއިރު ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ.

“އަޅުގަނޑުމެން މުޖުތަމައުއަށް ދޭން ބޭނުންވާ މެސެޖަކީ ގަވާއިދު ލޮލުގެ ތަހުލީލު ކުރުމާއި ލޮލުގެ ރައްކާތެރިކަމަށް ކުރެވޭނެ ކަންކަމަށް ސަމާލުކަން ދިނުން،” ޑިޖިޓަލް ޑިވައިސްތަކަށް ވަރަށް ބޮޑަށް އަހުލުވެރި މި ޒަމާނުގައި ލޮލަށް ދޭންޖެހޭ ސަމާލުކުރަން އިތުރު ކުރަން ޖެހޭކަން ފާހަގަ ކުރަމުން އައިކެއާގެ ފަރާތުން ވާހަކަ ދެއްކި އޮފިޝަލް ބުންޏެވެ.

ޢާންމުންނަށް ޚާއްސަކޮށް އާއިލާތަކަށް ހިތްހަމަޖެހުން ގެނެސްދިނުމަށްޓަކައި ގިނަ އަދަދެއްގެ މަޖާ ހަރަކާތްތައް ވެސް މި އިވެންޓުގައި ވަނީ ހިމަނާފައެވެ. މި ހަރަކާތްތަކުގެ ތެރޭގައި، ކުޑަކުދިންނަށް ޚާއްސަ ކުޅިވަރުތަކާއި، ރޭގަނޑު ލައިވް މިއުޒިކްގެ ހަރަކާތްތަކުގެ އިތުރުން ކާނާގެ ބާވަތްތައް ލިބޭ ސްޓޯލްތައް ވެސް ބަހައްޓާފައިވެއެވެ.

މީގެ އިތުރުން އައިކެއާއިން ބޭއްވި ދަރިވަރުންގެ އާޓް މުބާރާތުގެ ހުނަރުވެރި ކުރެހުންތައްވެސް މި އިވެންޓްގައި ވަނީ ދައްކާލާފައެވެ.

ބައިނަލްއަގުވާމީ ލޮލުގެ ފެނުމުގެ ދުވަހަކީ އިންޓަނޭޝަނަލް އެޖެންސީ ފޯ ދަ ޕްރިވެންޝަން އޮފް ބްލައިންޑްނެސް (އައިއޭޕީބީ) އިން އިސްނަގައިގެން ފާހަގަކުރާ ދުވަހެކެވެ. މި ދުވަސް އައިކެއާއިން ކޮންމެ އަހަރަކު ވެސް ރާއްޖޭގައި ފާހަގަ ކުރެ އެވެ.