English Edition
Dhivehi Edition
އެމްޑީޕީގެ ކޮންގްރެސްގައި އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް -- ފޮޓޯ/ އަވަސް

އެމްޑީޕީ ސަރުކާރުގެ ތިން މިނިސްޓަރެއްގެ މައްޗަށް ހިޔާނާތުގެ ތުހުމަތުކުރަނީ އަންނަ މަހު އެމްޑީޕީއިން ބޭއްވުމަށް ނިންމާފައިވާ ބޮޑު އެއްވުމަށް ހުރަސް އެޅުމަށްކަމަށް އެ ޕާޓީން ބުނެފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިޔާނާތުގެ ތުހުމަތުކޮށް، އެ ކޮމިޝަނަށް ހާޒިރުވުމަށް ޗިޓު ފޮނުވާފައިވަނީ:

  • ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް
  • ކުރީގެ ފިނޭންސް މިނިސްޓަރު އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އިބްރާހިމް އަމީރު
  • ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ

އެމްޑީޕީއިން ނެރުނު ބަޔާނެއްގައި ބުނީ މި ބޭފުޅުންގެ މައްޗަށް ތުހުމަތެއްކޮށް، ޗިޓު ފޮނުވާފައިވަނީ އެއްވެސް އަސާސެއް ނެތި ސިޔާސީ ބޭނުމެއްގައި ކަމަށެވެ. ހިޔާނާތުގެ ތުހުމަތު ކުރަނީ، އޭރު އެ ބޭފުޅުން ހިމެނިވަޑައިގަންނަވާ ކޮމިޓީއަކުން ދީފައިވާ ލަފައަކާ ގުޅޭ މައްސަލައެއްގައިކަން ފާހަގަކޮށް އެމްޑީޕީން ބުނީ އެއީ އޭގެ ކުރީގެ ސަރުކާރުން ބޭއިންސާފުން އެއްބަސްވުންތަކެއް ބާތިލްކޮށްފައިވުމުގެ ސަބަބުން ދައުލަތަށް ކުރިމަތިވި ދައުވާތަކެއްގެ މައްސަަލައެއް ކަމަށެވެ. މީގެ އިތުރުން އެ ބަޔާނުގައި ބުނީ ޕީއެމްގެ ސަރުކާރުން، ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑްއާއެކު ހަދާފައިވާ އެއްބަސްވުން ބާތިލުކުރީ ގާނޫނީ ހަމައެއް އޮވެގެން ނޫންކަމަށާއި އެކަން ދައުލަތުގެ އިދާރާތަކުގައި ހުރި ލިޔެކިޔުންތަކުން ސާފުވާނެ ކަމަށެވެ.