English Edition
Dhivehi Edition
ފޮޓޯ: އުރީދޫ

އުރީދޫން ކޮންމެ އަހަރަކު ވެސް ބާއްވާ އެންމެ ފޯރިގަދަ، އެންމެ މަޖާ ދުވުން “ފަންރަން”ގެ އާޓްކޮންޓެސްޓެއް އިއުލާނުކޮށްފިއެވެ.

އުމުރުން ހަތް އަހަރުން ދަށުގެ ކުދިންނަށް ހުޅުވާލި މި ކޮންޓެސްޓުގައި ބައިވެރިވެވޭނީ “ފަންރަން”އާ ގުޅޭ އާޓްވޯކެއް ހަދައި، އެ އާޓްވޯކު މެއިލް ކޮށްގެންނެވެ. އަންނަ ހޮނިހިރު ދުވަހުގެ ދަންވަރު 11:59 ގެ ކުރިން އާޓްވޯކު މެއިލްކުރަން ޖެހޭއިރު އުރީދޫއިން ބުނީ އާޓްވޯކް މެއިލް ކުރުމަށް އާޓްވޯކުގެ ސާފު ފޮޓޯއެއް ނުވަތަ ސްކޭނެއް ބޭނުން ކުރެވިދާނެ ކަމަށެވެ. މެއިލް ކުރާ އިރު، ކުއްޖާގެ ފުރިހަމަ ނަމާއި އުމުރާއި ބެލެނިވެރިޔާގެ ނަމާއި ގުޅޭނެ ނަމްބަރު ހިމަނަންޖެހޭކަމަށް އުރީދޫން އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އުރީދޫ އިން ބުނީ އާޓްވޯކް ފޮނުވާއިރު، ބޭނުންވާ ނަމަ، އާޓްވޯކާ ގުޅޭ 20 ބަހުގެ ކެޕްޝަނެއް ހިމެނިދާނެ ކަމަށެވެ.މެއިލް ކުރާ އާޓްވޯކުތައް އުރީދޫން އެ ކުންފުނީގެ ސޯޝަލް މީޑިއާގައި ހިއްސާކުރާނެ އެވެ. އެ ކުރެހުންތަކުގެ ތެރެއިން އެންމެ ގިނަ ލައިކްސް ލިބޭ ފަސް ކުރެހުން ކުރެހި ކުދިންނަށް އުރީދޫ “ފަންރަން” ކިޓު ލިބޭނެ އެވެ.

މި ކޮންޓެސްޓަށް ކޮންމެ ކުއްޖަކަށް ވެސް ހުށަހެޅޭނީ އެންމެ އެންޓްރީއެކެވެ. މުބާރާތުގައި ލައިކް ލިބޭ މިންވަރު ބަލާނީ ހަމައެކަނި އުރީދޫގެ ރަސްމީ ޕޯސްޓުތަކަށެވެ.