English Edition
Dhivehi Edition
އދ. އޮމަދޫ / ސްޓެއްލާ، އަހްމަދު ނާފިއު / ފޮޓޯ: ފުލުހުން

މީހަކު އަމިއްލަ ގޭގެ ކޮޓަރީގައި ރޯކޮށްލުމުގެ ސަބަބުން ކޮޓަރީގައި ހުރި ގިނަ ތަކެތި ބޭނުންނުކުރެވޭ ވަރަށް އަންދާލައިފިއެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކުރީ އދ. އޮމަދޫ / ސްޓެއްލާ، އަހްމަދު ނާފިއު (32އ) އެވެ.

ފުލުހުން ބުނީ، އދ. އޮމަދޫގެ ގެއެއްގައި މަސްތުގެ ހާލަތުގައި ހުރިކަމަށް ބެލެވޭ މީހަކު ހަޑިހުތުރު ބަހުން އަޑުގަދަކޮށް ތަކެއްޗަށް ގެއްލުންދީފައިވާ ކަމަށެވެ. އަމިއްލަ ގޭގެ ކޮޓަރީގައި ރޯކޮށްލި ކަމަށް ބުނާ މައްސަލައެއް ރޭ 9:30 ވަނިކޮށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށް އެ މުއައްސަސާއިން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އަލިފާން ރޯކޮށްލުމުގެ ސަބަބުން މީހަކަށް އަނިޔާއެއް ނުވާ ކަމަށާއި، ނަމަވެސް ކޮޓަރީގައި ހުރި ގިނަ ތަކެތި ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

ޓެގު