English Edition
Dhivehi Edition
އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުން ފޮޓޯ: ރައީސް އޮފީސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ރޭ ހުޅުވައިފިއެވެ.

ވޭލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް، ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ރޭ ބޭއްވި ރަސްމިއްޔާތުގައި މި ޓާމިނަލް ހުޅުވާދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމުގެ ރަމްޒެއް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ތަރައްޤީކުރަން ފެށި އައު ޓަރމިނަލްގެ މަސައްކަތް ނިންމައި، އައު ޓަރމިނަލް ހުޅުވައިދެއްވުމަށް މިރޭ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި، ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ޑްރޯން ޝޯ އާއި ހަވާ އެރުވުމުގެ ހަރަކާތްތަކެއްވެސް ކުރިއަށްގެންދިޔައެވެ. އެއަރޕޯޓް ގެ އައު ޓަރމިނަލް ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު، ރައީސުލްޖުމުހޫރިއްޔާގެ ދެކަނބަލުން ވަނީ އައު ޓަރމިނަލް ބައްލަވާލައްވާފައެވެ.

ރާއްޖޭގެ ތާރީހާ ސަގާފަތާއި ދީނީ ތަރިކަ ރަމްޒުކޮށްދޭ ހިރިގަލުގެ ފަންނުވެރި ކެނޑުންތަކުން ފަރުމާކޮށްފައިވާ އައު ޓަރމިނަލްގައި، ރާއްޖޭގެ ހިތްގައިމު ކަނޑުގެ މަންޒަރުތަކާއި ގުދުރަތީ ރީތި ރަށްތަކުގެ ނަލަކަމާއި ކުލަތައް ހިމަނާފައިވެއެވެ.

އައު ޓަރމިނަލުގައި:

  • 47 ޗެކިންގ ކައުންޓަރު،
  • 6 ސެލްފް ސަރވިސް ކައުންޓަރާއި،
  • 20 ޑިޕާޗަރ އިމިގްރޭޝަން ކައުންޓަރު
  • 6 ޕެސެންޖަރ ބޯޑިންގ ގޭޓް
  • 12 އޭރޯ ބްރިޖް
  • މި ޓަރމިނަލަކީ އަހަރެއްގެ މައްޗަށް 7 މިލިޔަން މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްޤީކޮށްފައިވާ ޓަރމިނަލެކެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކުރީގެ ޓަރމިނަލް ހުޅުވީ 1981 ވަނަ އަހަރުގައެވެ.

އައު ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާގެ ނައިބާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި، ދައުލަތުގެ ވަޒީރުންނާއި، ބޭރު ޤައުމުތަކުގެ ޢިއްޒަތްތެރިންގެ އިތުރުން ޓަރމިނަލްގެ ތަރައްޤީއަށް އެހީތެރިވެދެއްވި، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި، ކުވައިތު ފަންޑާއި، އަބޫދާބީ ފަންޑާއި، އޯޕެކް ފަންޑުންގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.