މާލެއިން 30 އަހަރުގެ ފިރިހެނަކު ގެންލިގެން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދަނީ، ގ. ގަރނެޓް އުމުރުން 30 އަހަރުގެ ޙަސަން ޔާމީންއެވެ.
ފުލުހުން ބުނީ މިދިޔަ ހުކުރުދުވަހުގެ ރޭ 21:25 ހާއިރު، އޭނާ ދިރިއުޅޭ ގެއިން ނިކުތްފަހުން ޚަބަރެއް ނުވާ ކަމަށެވެ. އެއާއެކު މިދިޔަ ހޯމަ ދުވަހުގެރޭ 20:30ހާއިރު، އޭނާގެ އާއިލާއިން އެކަން ފުލުހަށް އެންގިއެވެ.
ފުލުހުން ވަނީ، އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9400053 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދިފައެވެ.