English Edition
Dhivehi Edition
އެމްއޭސީއެލްގެ އާ ޓާމިނަލް އަންނަ ޖުލައި 26 ގައި ހުޅުވުމަށްޓަކައި 35 ދުވަހުގެ ކައުންޓްޑައުން ހަރަކާތް އެ ކުންފުނީގެ އެމްޑީ ޝަރީރު ރޭ ދަންވަރު 12 ޖެހިއިރު ފައްޓަވައި ދެއްވަނީ.- ފޮޓޯ / އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ޕަސެންޖަރ ޓަރމިނަލް އަންނަ ޖުލައި 26 އަށް ހުޅުވުމުގެ ކައުންޓްޑައުން ފަށައިފިއެވެ.

މި ކައުންޓްޑައުން ފައްޓަވައިދެއްވީ ވީއައިއޭ ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދެވެ.

އެއާޕޯޓުގެ ވީއައިޕީ ލައުންޖުގެ ކުރިމަތީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރޭ ދަންވަރު 12 ޖެހިއިރު ފެށި މި ކައުންޓްޑައުން ފަށާފައިވަނީ ޓާމިނަލް ހުޅުވުމުގެ 35 ދުވަސް ކުރިންނެވެ.

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މި އަހަރުގެ ޖުލައި 26 ގައި ވީއައިއޭގެ އާ ޓާމިނަލްގެ އެއްބައި ބޭނުންކުރަން ފަށާށެވެ. އެއާ އެކު، އެ ދުވަހު އާ ޓާމިނަކް ރަސްމީކޮށް ހުޅުވުނީއެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީލްއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް މުޙައްމަދު ވަނީ އެއަރޕޯޓްގެ އައު ޕަސެންޖަރ ޓަރމިނަލް ހުޅުވުމަށް އެކުންފުނީގެ މުވައްޒަފުން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވާފައެވެ. އަދި އައު ޓަރމިނަލް ހުޅުވުން ޤައުމީ މަސައްކަތެއްގެ ގޮތުގައި ދެކިގެން ކުރުމަށާއި، މިކަމުގައި މިސާލު ދެއްކެވުމަށް ވަނީ ހުރިހާ މުވައްޒަފުންނަށް ސީއީއޯ ވަނީ އެދިވަޑައިގެންފައެވެ.

އެމްއޭސީއެލް އިން މިދިޔަ މަހު ބުނެފައި ވަނީ އާ ޓާމިނަލް ބޭނުން ކުރާނީ އެ ޓާމިނަލާ އެކު، ބަހައްޓާ ހަ އެއިރޯބްރިޖާ އެކު ކަމަށެވެ. އަދި ޓާމިނަލް ހުޅުވުމަށް ފަހު، ތިން މަސްދުވަހުގެ ތެރޭގައި ކުރީގެ ޓާމިނަލުން ދެމުން އައި ހުރިހާ ހިދުމަތެއް އާ ޓާމިނަލަށް ބަދަލުކޮށް ނިންމާލެވޭނެ ކަމަށް ބުނެފައި ވެއެވެ.

އެމްއޭސީއެލްގެ އާ ޓާމިނަލް ހުޅުވައި ބޭނުންކުރަން ފެށުމުގެ ވަގުތު ކުޑަތަން ވަމުން އަންނައިރު، ސަރުކާރުން ބުނެފައި ވަނީ އެ ޓާނިނަލާ އެކު، އަހަރެއްގެ މައްޗަށް 7.5 މިލިއަން މީހުންނަށް ހިދުމަތް ދެވޭނެ ޖާގަ ލިބޭނެ ކަމަށެވެ.