English Edition
Dhivehi Edition
ޝެއިހް އިބްރާހީމް ފަރީދު

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މަރުހޫމް ޝެއިހް އިބްރާހީމް ފަރީދުގެ ޖަނާޒާ މެލޭޝިއާގައި ބާއްވަން ނިންމައިފިއެވެ.

އާއިލާގެ ފަރާތުން ހަށިގަނޑު ރާއްޖެ ގެނައުމަށް މަސައްކަތް ކުރި ނަމަވެސް ޕޯސްޓްމޯޓަމް ހަދަން ޖެހުމާއި ގުޅިގެން ހަށިގަނޑު ރާއްޖެ ނުގެނެސް މެލޭޝިއާގައި ޖަނާޒާ ބާއްވަން ނިންމީ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

ޝެއިހް ފަރީދު އަވަހާރަވީ ހިދުމަތް ޖަމިއްޔާގެ ޓީމާއެކު މެލޭޝިއާއަށް ވަޑައިގަތްތަނާއެވެ.

ޝެއިހް ފަރީދު އަކީ ރާއްޖޭގައި ދީނީ އިލްމު ފެތުރުމާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.