English Edition
Dhivehi Edition
ރައުދު އަހުމަދު

މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ހައްވާ ޔުމްނު ރަޝީދު 21، ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓުނު ހާދިސާއާއި ގުޅިގެން ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ދައުވާކޮށްފިއެވެ.

ޕީޖީއިން ބުނީ ރައުދުގެ މައްޗަށް ދައުވާކޮށް ދިނުމަށް މި މަހުގެ 4 ވަނަ ދުވަހު ހުށަހަޅާފައިވާކަމަށެވެ. ރައުދުގެ މައްޗަށް އުފުލި ދައުވާއަކީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާގެ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.

ޕީޖީއިން މި ދައުވާކުރާ ސަބަބެއްގެ ގޮތުގައި ބުނެފައިވަނީހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާގެ ސިޑި ގޮޅީގައި ހުންނަ ފެން ލައިޓުން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނުކަން އެނގިހުރެ، އޭނާއަށް އެހީތެރިވެދީފައިނުވާތީއެވެ. އަދި ޔުމްނުއަށް އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައިނުވާތީއެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން އުމުރުން 21 އަހަރުގެ ރައުދު އެންމެ ފުރަތަމަ ހައްޔަރުކޮށްފައި ވަނީ އެޕްރީލް މަހުގެ 24 ވަނަ ދުވަހުއެވެ.

މި މައްސަލައާއި ގުޅިގެން މީގެ ކުރިން ފުލުހުން ބުނީ ޔުމްނު ވެއްޓުނު ރޭ ހ. ފެންޓެނޯއީގޭގައި ރައުދުއާއި ޔުމްނުއާ ދެމެދު ހަމަނުޖެހުންތަކެއް ހިނގާފައިވާކަމަށެވެ،