English Edition
Dhivehi Edition

ޗާންދަނީ މަގުގެ ކަރަންޓު ޑިސްޓްރިބިއުޝަން ޕެނަލެއްގެ ކޭބަލްތައް ބުރިކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ށ.މިލަންދޫ ނަސީމީވިލާ އިސްމާއީލް ސަމީމްއެވެ

ފުލުހުން ބުނީ ސްޓެލްކޯގެ ކަރަންޓް ޑިސްޓްރިބިއުޝަން ޕެނަލެއްގެ ކޭބަލްތައް ބުރިކޮށް މައްސަލައިގައި އޭނާ ހައްޔަރުކޮށްފައިވަނީ ކުށުގެ ވެށިން ކަމަށެވެ.

މި ކަރަންޓު ޑިސްޓްރިބިއުޝަން ޕެނަލަށް ދީފައިވާ ގެއްލުމުގެ ސަބަބުން 7 ގެއަކުން ކަރަންޓު ކެނޑިފައިވާއިރު ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.