English Edition
Dhivehi Edition

އައްޑޫސިޓީގައިހުރި އެންމެބޮޑު ހޮސްޕިޓަލް ކަމަށްވާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ބޭނުންކުރާ ދެ އެމްބިޔުލާންސްވެސް މިވަގުތުވަނީ ހަލާކުވެފައެވެ.

ދެ އެމްބިޔުލާންސް ހަލާކުވުމުން އެތަނުގައި މިހާރު ބޭނުންކުރަމުން ގެންދަނީ ފޭދޫ ސިއްހީ މަރުކަޒުގެ އެމްބިޔުލާންސެވެ. ފޭދޫކޮޅުން ބަލިމީހަކު އެޗުއާރުއެޗަށް ގެންނަންޖެހުނަސް ބޭނުންކުރަން މިހާރުއޮތީ އެ އެމްބިޔުލާންސެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) ހިންގެވުމާ ހަވާލުވެ ހުންނެވި ސީނިޔާ ކޮމިޔިނިޓީ ހެލްތު އޮފިސަރު މުހައްމަދު ނަޖީބު ވިދާޅުވީ ހަލާކުވެފައިވާ ދެ އެމްބިޔުލާންސްގެ ތެރެއިން އެކަތި ހަދައިގެން މާދަމާ ބޭނުން ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ދެވަނަ އެމްބިޔުލާންސަށް ބޭނުންވާ ބައެއް ސްޕެއާ ރާއްޖެއިން ނުލިބޭތީ އެ އެމްބިޔުލާންސް ނިމޭނެ ދުވަހެއް ބުނަން ދަތިކަމަށް އޭނާ ވިދާޅުވިއެވެ. “ދެ އެމްބިޔުލާންސް ހަލާކުވެފައި އޮތުމުން ފޭދޫ ހެލްތު ސެންޓަރުގެ އެމްބިޔުލާން އެޗުއާރުއެޗުގައިވެސް ބޭނުން މިކުރަނީ،” ނަޖީބު ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ ހާޓުއެޓޭކެއް ޖެހުނު މީހަކު ހޮސްޕިޓަލަށް ގެންދަން ބެލިއިރު އެމްބިޔުލާންސް ހަލާކުވެފައި އޮތުމުން އެމްބިޔުލާންސްގައި އެމީހާ ގެންދެވޭ ގޮތެއް ނުވިއެވެ. އެންމެފަހުން ކާރަކުން އެމީހާ ގެންދިޔައެވެ. ހޮސްޕިޓަލަށް ގެންގޮސްގެން އުޅެނިކޮށް ދެވަނަ ހާޓުއެޓޭކެއްޖެހި އެމީހާ މަރުވެއްޖެ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.