English Edition
Dhivehi Edition
ފިޝަރީޒް މިނިސްޓަރު ޝިޔާމް

ޕީއެންސީގެ ނައިބު ރައީސްކަމުގެ މަގާމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި، ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ރޭ ހަމަޖައްސައިފިއެވެ.

ރޭ ޕީއެންސީ އޮފީހުގައި ބޭއްވި ސެނެޓްގެ ބައްދަލުވުމުގައި އެކި ކަންކަމާ މަޝްވަރާކުރެވުނުއިރު، ޣައްސާނާއި، ޝިޔާމް އެ ޕާޓީގެ ނައިބު ރައީސުންގެ މަގާމަށް ހަމަޖައްސައިފައެވެ.

މި ދެ ބޭފުޅުންނާއެކު މިހާރު ޖުމްލަ އަށް ބޭފުޅުން ޕީއެންސީގެ ނައިބު ރައީސްކަމުގެ މަގާމުގައި ތިއްބަވާނެއެވެ. މީގެ ކުރިން ތިއްބެވި ހަ ބޭފުޅުންނަކީ:

  • ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް
  • މިނިސްޓަރު އާދަމް ޝަރީފް އުމަރު
  • މިނިސްޓަރު މުޙައްމަދު ސައީދު
  • އެލްޖީއޭގެ ސީއީއޯ ނިމާލް
  • ޔޫއޭއީއަށް ކަނޑައަޅުއްވައިފައިވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު)
  • ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު