English Edition
Dhivehi Edition
ސްޓެލްކޯ ހެޑް އޮފީސް - ފޮޓޯ: މިހާރު

މި އަހަރުގެ މާޗް އަދި އެޕްރީލް މަހުގެ ކަރަންޓު ބިލުތަކުގެ ތެރެއިން ގިނަ ބިލުތައް އެއްވަރުވީ މިދިޔަ ދެ މަހު ވެސް ޑިސްކައުންޓް ދިނުމުގެ ސަބަބުން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

މިއަދު ނެރުނު ނޫސްބަޔާނެއްގައި ސްޓެލްކޯއިން ބުނީ، މިދިޔަ މާޗް މަހެކޭ އެއްފަދައިން އޭޕްރިލް މަހަށް ވެސް ޑިސްކައުންޓް ދިނީ އޭޕްރިލް މަހަކީ ހޫނު ގަދަވުމުގެ ސަބަބުން އާންމުކޮށް ކަރަންޓު ބިލުތައް ބޮޑު މަހަކަށް ވާތީ އާންމުންނަށް އިތުރު ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ. މާޗް މަހު ކަރަންޓު ބޭނުންކުރެވުނު އޭޕްރިލް މަހާ ތަފާތުވިޔަސް، ބައެއް ބިލުތަކުގައި ފައިސާގެ އަދަދު އެއްވަރުވީ މި ސަބަބާ ހެދި ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ސްޓެލްކޯގެ އިތުރުން ފެނަކައިންވެސް މި މަހު ކަރަންޓު ބިލަށް ޑިސްކައުންޓް ދީފައިވާއިރު، މި މަހު ފެނަކައިން ބިލު ފޮނުވި ތާރިހު ލަސްވުމާއި ގުޅިގެން ވެސް ގިނަ ބަޔަކު ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.