English Edition
Dhivehi Edition
ފަނެކައަށް ގެންދިޔަ އާ ޖެންސެޓް އިންސްޓޮލްކުރުން / ފޮޓޯ: ފެނަކަ

މިއަދު މެންދުރުފަހު، މުޅި އައްޑޫ ސިޓީއިން ކަރަންޓު ކެނޑިދާނެކަމަށް ފެނަކައިން ބުނެފިއެވެ.

ފެނަކައިން ބުނީ، ސަރަހައްދީ އިންޖީނުގެއަށް އަޅާފައި ހުރި އެޗްވީ ކޭބަލްތަކަށް މައްސަލައެއް ދިމާވުމާއި ގުޅިގެން ހިތަދޫ އަދި ގުޅިފައިވާ ރަށްތަކުން މިއަދު 14:30 ގައި ކަރަންޓު ކަނޑަންޖެހޭ ކަމަށެވެ. މިކަމަކީ ކަރަންޓު ނުކަނޑާ ހައްލު ނުކުރެވޭ އަދި ކަރަންޓު ދީގެން ކޭބަލްގެ މަސައްކަތްކުރުމުގެ ނުރައްކާތެރިކަމެއްކަން ފެނަކައިން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ފެނަކައިން ބުނީ ޓެކްނިކަލް ޓީމުން މައްސަލަ ބަލާ ހައްލުކުރެވެމުންދާ ވަރަކަށް ކަރަންޓު ދެވެން އޮތް ސަރަހައްދުތަކަށް ކަރަންޓު ދެމުން ދާނެކަމަށެވެ.

އައްޑޫ ސިޓީގައި ކަރަންޓު މައްސަލަ ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނައިރު އަދިވެސް މި މައްސަލައަށް އެދެވޭ ހައްލެއް ލިބިފައި ނުވާކަން ފާހަގަކުރެވެއެވެ.