ހއ. ބާރަށުގައި ސިހުރު ހަދާކަމުގެ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުން ބުނީ ބާރަށުގައި ސިހުރު ހަދާކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން މިއަދު ހެނދުނު 7:00 އިން ފެށިގެން ކުރިއަށް ގެންދެވުނު އޮޕަރޭޝަނެއްގައި އެރަށުގެ 8 ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި ތަންތަން ބަލާ ފާސްކޮށް މައްސަލަ އާއި ގުޅުން ހުރި ކަމަށް ބެލެވޭ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި މި މައްސަލައިގެ ތުހުމަތުގައި 8 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން އިތުރަށް ބުނީ މި ފަރާތްތަކާއި ސުވާލު ކުރުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށާއި މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށެވެ.