English Edition
Dhivehi Edition
ސިއްރުން ރާއްޖެ އެތެރެކުރި ސިނގިރޭޓް / ފޮޓޯ: ކަސްޓަމްސް

އައްޑޫ ސިޓީއަށް ވަގަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓް ކަސްޓަމުން އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރާއްޖެ އަށް “ސިއްރުން” އެތެރެކުރަން އުޅުނު އެއް ލައްކަ އަށް ވުރެ ގިނަ ސިނގިރޭޓު އިއްޔެ އަތުލައިގަނެފައިވާ ކަމަށެވެ. އެ ތަކެތި އަތުލައިގަތީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

ވަގަށް އެތެރެ ކުރަނިކޮށް އަތުލައިގަތީ 130،155 ސިނގިރޭޓް ސްޓިކެވެ.

މީގެކުރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ޑިޕާޗަރ ޓަރމިނަލުން ނެރެގެން ގެންދަން އުޅުނު ޑަސްބިން ކޮތަޅުތަކެއްގެ ތެރެއިން ސިނގިރޭޓް ކާޓަންތަކެއް ފެނުނު މައްސަލައެއް ވަނީ ފެންމަތިވެފައެވެ.