މި ރަމަޟާން މަހު އުރީދޫ މޯލްޑިވްސް އިން ކަރާ ފެޅުން ގޭމާއި ގުޅިގެން ކުރިއަށް ގެންދިޔަ ކަރާ ފަޅުން މީމް ޗެލެންޖުން މެލޭޝިޔާގެ ދެކޮޅު ޓިކެޓު ލިބުން ނަސީބުވެރިޔާ ހޮވައިފިއެވެ.
އުރީދޫ އިން ބުނީ ކަރާ ފެޅުން މީމް ޗެލެންޖުން މެލޭޝިޔާގެ ދެކޮޅު ޓިކެޓު ލިބިފައިވަނީ ނައުޝަމް ވަހީދަށް ކަމަށެވެ.
މި ޗެލެންޖުގައި އުރީދޫ އެޕް މެދުވެރިކޮށް ކަރާ ފެޅުމަށް ކަސްޓަމަރުން ކުރަމުންދާ ކަންކަމުގެ މަޖާ މީމްސް، ރީލް ނުވަތަ ޖިފް ބައިވެރި ކުރުމުގެ ފުރުސަތު އުރީދޫ އިން ވަނީ ދީފައެވެ. މީ މެލޭޝިޔާގެ ދެކޮޅު ޓިކެޓަކީ ކޮންސިއާޖް ގްރޫޕް މޯލްޑިވްސްގެ ފަރާތުން ބަޓީކް އެއާ މެދުވެރިކޮށް ދޭ ޓިކެޓެކެވެ.
އުރީދޫ އިން މިހާރުވެސް ވަނީ އުރީދޫގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ފަށާފައެވެ.