English Edition
Dhivehi Edition
އައިޖީއެމްއެޗް/ފޮޓޯ ޕީއެސްއެމް

ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި އިއްޔެ ފެނުނު ޒުވާން އަންހެން މީހާއަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗްއިން މިއަދު ބުނެފިއެވެ.

މާލޭ ގެއެއްގެ ފުރާޅު މައްޗަށް މީހަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ އިއްޔެ ހެނދުނު 7:23 އެހާކަންހާއިރުއެވެ. ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސަސްގެ އެހީތެރިކަމާ އެކު އެ މީހާ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން އިއްޔެ ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ އެއީ 21 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުން ބުންޏެވެ.

މައުލޫމާތު ލިބޭގޮތުގައި އެ އަންހެން ކުއްޖާ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓުނީ އެތާ ކައިރި ހުރި އެހެން އިމާރާތެއްގެ މަތިންނެވެ.

ނަމަވެސް، އޭނާ އެތަނަށް އެރި ސަބަބެއްވެސް އަދި ވެއްޓުނު ގޮތެއް ވެސް އަދި ނޭނގެއެވެ.

މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.