English Edition
Dhivehi Edition
ފުވައްމުލައް ސިޓީ

ފުވައްމުލައް ސިޓީގައި ކަރަންޓުގައި ޖެހިގެން ޒުވާނަކު ނިޔާވެއްޖެއެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ ރ،އަލިފުށީ، އަބަދަށް ހިޔާގެ އަބްދުﷲ ރިޝްދާން (27އ) ކަމަށެވެ.

ފުވައްމުލަކު ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނީ ރިޝްދާން ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށެވެ. ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު 12:11 ހާއިރުކަމަށެވެ.

އިތުރަށް ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން ރިޝްދާން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ކޮންސްޓްރެކްޝަން މަސައްކަތްކުރާ ސައިޓެއްގައި ހަބަރު ހުސްވެގެން ވެއްޓިގެން ކަމަށެވެ. އަދި ރިޝްދާންގެ މޫނުމައްޗަށް އަނިޔާވެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަކަމަށެވެ.