English Edition
Dhivehi Edition
ރައީސުލް ޖުމްހޫރިއްޔާގެ ރަސްމީގެ،މުލިއާގެ

މުލިއާގޭ ބަޖެޓުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޭނުންފުޅަށް ކޮށްފައިވާ ހަރަދެއް ކަމަށް ބުނެ ފަތުރާފައިވާ ހަބަރަކީ ދޮގު ހަބަރެއްކަމަށް މުލިއާގޭގެ ޗީފް އޮފް ސްޓާފް މިނިސްޓަރު އިގްބާލް އާދަމް ވިދާޅުވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހު ރައީސްގެ އާއިލާގެ ފަރީއްކޮޅަށް އެކަނި 9،000 ރުފިޔާ ހޭދަވާ ކަމަށްބުނެ 13 އޮންލައިން ފަތުރާފައިވާ ހަބަރު ދޮގުކޮށް އިގްބާލް ވިދާޅުވީ ތޭރަ އޮންލައިންގެ ފަރާތުން އޭޕްރީލު 11، 2024 ވަނަ ދުވަހު މުލީއާގޭ ބަޖެޓުން ރައީސުލްޖުމްހޫރިއްޔާގެ ބޭނުންފުޅަށް ކޮށްފައިވާ ހަރަދެއް ކަމަށް ބުނެ ފަތުރާފައިވާ މި ހަބަރަކީ ކަނޑައެޅިގެން ބުހުތާނު ދޮގެއްކަމަށެވެ. އަދި ހަގީގަތާއި ހިލާފް މިފަދަ ދޮގު ހަބަރުތައް ނުފެތުރުމަށް އިގްބާލް ވަނީ ގޮވާލާފައެވެ.

https://x.com/IqeyAdam/status/1910766811102183672?

މި ހަފްތާ ބަންދުގައި އާރަށަށް ގެންދަން ގަތް ތަކެތީގެ ރަސީދެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަކަމަށް ބުނެ ފަތުރާފައިވާ ހަބަރާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، ސަރުކާރުން އަންނަނީ ހަރަދުކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.