English Edition
Dhivehi Edition
ޑރ. ހައިދަރު

ދިވެހިރާއްޖެ އަކީ މަތީ ތައުލީމު އެކްސްޕޯޓްކުރާ ގައުމަކަށް ހެދުމަކީ މުހިއްމު ކަމެއްކަމަށް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާއި ބެހޭ ވަޒީރު، ޑރ. ޢަލީ ހައިދަރު ވަނީ ވިދާޅުވެފައެވެ.

އެމްއެމް ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ ރާއްޖެ އަކީ ތަޢުލީމު އެކްސްޕޯޓް ކުރާ ގައުމަކަށް ހެދުމަކީ މުހިއްމު ކަމެއް ކަމަށާއި މިކަން ހާޞިލުކުރުމަށް އެތަށް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އެގޮތުން، މަތީ ތަޢުލީމު ފޯރުކޮއްދޭ ޔުނިވާސިޓީ އަދި އިންސްޓިޓިއުޓްތަކާއި ބައްދަލުކޮށް، މަތީ ތަޢުލީމާށް ރާއްޖެ ހުޅުވާލާއިރު، އަޅަންޖެހޭ މުޙިއްމު ފިޔަވަޅުތަކާއި ގުޅޭގޮތުން މަޝްވަރާކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބޭރުގެ ފަރާތްތަކުން ދިވެހިރާއްޖެއަށް މަތީ ތަޢުލީމު ހާސިލުކުރުމަށް އައުމަކީ ރާއްޖެއަށް އިތުރު އާމްދަނީއެއް ލިބިގެންދާނެ ކަމެއްކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީމިއީ ފެށުމަށް ނިންމާފައިވާ ވަރަށް މުހިއްމު މަސައްކަތެއްކަމަށެވެ.