English Edition
Dhivehi Edition

މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ނަމުގައި ފޯނުތަކަށް ސައްހަނޫން އެސްއެމްއެސް މެސެޖްތަކެއް ފޮނުވަމުންދާތީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

ޕޯސްޓް އޮފީހުން ބުނީ މަކަރާއި ހީލަތުން ފައިސާ ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކުން މޯލްޑިވްސް ޕޯސްޓްގެ ނަމުގައި ފޮނުވާ މެސެޖްތަކަށާ މިފަދަ މެސެޖްތަކުގައި ހިމެނޭ ލިންކްތަކަށް ނުފިތުމަށް އަދި އެއްވެސް ޒާތީ ނުވަތަ މާލީ މައުލޫމާތެއް ހިއްސާނުކުރުމަށް އެދިފައެވެ.

ރާއްޖޭގައި މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަ އިތުރުވެފައިވާއިރު މީގެ ކުރިން ފުލުހުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު 2024 ވަނަ އަހަރުގެ ޖުލައި މަހާ ހަމައަށް ސްކޭމް މައްސަލަތަކުގައި 300 މިލިޔަން ރުފިޔާ ގެއްލިފައިވެއެވެ.