English Edition
Dhivehi Edition
1 މަސް ކުރިން
އެމްޓީސީސީ ޓަވަރ - ފޮޓޯ: މުޙައްމަދު މުޒައްޔިން ނާޒިމް (ސަން)

އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުކަމަށް ޔާސީން ހުސެއިން އައްޔަނު ކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) ބޯޑުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ޕަބްލިކް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަގާމަށް، ހުޅުމާލެ، ހިޔާ 8-01-04 ޔާސީން ހުސައިން އައްޔަން ކޮށްފައިވާ ކަމަށެވެ.

ޔާސީންއާއެކު އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުގައި އަށް މެންބަރުން މިހާރު ހިމެނޭއިރު، އޭގެ ތެރޭގައި އާންމު ހިއްސާދާރުން އިންތިހާބުކޮށްފައިވާ ދެ މެންބަރުން ވެސް ހިމެނެއެވެ.