ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒް މަންފާ ހޯދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިގެ އަތުން ނާޖާއިޒް މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުޙައްމަދު ޝަމްޢާން ވަހީދު ހިމެނޭހެން މިހާތަނަށް 5 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
އެ ފަސް މީހުންނަކީ:
މި 4 މީހުންގެ އިތުރުން، ކޯޓު އަމުރެއްގެ ދަށުން މ. ހަޒާރީވިލާ އުމުރުން 40 އަހަރުގެ އަޙްމަދު ލައްސާން މިއަދު ހައްޔަރުކޮށްފައިވާކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުން ހުކުރު ދުވަހު ނެރުނު ބަޔާނުގައި މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ލިބިފައިވާ މައުލޫމާތާ ގުޅިގެން ހިންގާ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން ފާހަގަވި ކަންކަން ވަނީ ހިއްސާކުރައްވާފައެވެ.
މި މައްސަލައިގައި އާދިއްތަ ދުވަހު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދެ މީހެއް ފުރުން މަނާކޮށްފައިވާނެ ކަމަށެވެ. އޭގެ އިތުރުން ޝަމްއާންގެ އާއިލާ މީހެއްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.