English Edition
Dhivehi Edition
އައްޑޫސިޓީ މީދޫ: ފޮޓޯ އޭއޯނިއުސް

ވިޔަފާރި ކުންފުނި އަދި ޕާޓްނަރޝިޕްތަކަށް ޚާއްޞަކޮށްގެން އައްޑޫސިޓީ މީދޫ އަވަށުން 50 ބިން ކުއްޔަށް ދޫކުރުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

މި މަހުގެ 22 ވަނަ ދުވަހު ކައުންސިލުން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރަޖިސްޓްރީކޮށްފައިވާ ފަރުދުންގެ ވިޔަފާރި ، ކުންފުނި އަދި ޕާޓްނަރޝިޕްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މި އިއުލާނުގައިވާގޮތުން ވިޔަފާރިތަކަށް ބިން ދޫކުރަނީ ސްވިމިންގ ޕޫލާއި، ރެސްޓޯރެންޓާއި، ފިހާރަ، ސެލޫން އެންޑް ސްޕާއާއި، އައްޑޫ އުފެއްދުންތަކާއި، ކޮފީ ޝޮޕްތަކާއި، ހޯލްސޭލް އަދި ރީޓެއިލް ޝޮޕްތައް ފަދަ ވިޔަފާރިތައް ތަރައްގީ ކުރުމަށެވެ.

އެ އިއުލާނުގައި ބުނެފައި ވަނީ، ބީލަމުގައި ރަޖިސްޓްރީވުމަށް 300.00ރ ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަން ޖެހޭނެ ކަމަށެވެ. އަދި ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ އައްޑޫ ސިޓީ ކައުންސިލް އިދާރާގައި، މެއި 21 ވާ ބުދަ ދުވަހުގެ ހެނދުނު 10:00ގައި ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.

އަދި މި އިޢުލާނާ ގުޅޭގޮތުން އިތުރު މައުލޫމާތު އެ އިދާރާގެ ނަންބަރު 6885003 ފޯނަށް ރަސްމީ ގަޑީގައި ގުޅައިގެން ސާފް ކުރެވޭނެ ކަމަށްވެސް އިއުލާނުގައި ވެއެވެ.