ގެވެށި އަނިޔާ އަދި ޖެންޑާ ބޭސްޑް ވަޔަލެންސްގެ ޝިކާރައަކަށްވާ ފަރާތްތަކަށް ހާއްސަ ހިޔާއެއް އައްޑޫ ސިޓީ ހިތަދޫގައި އެޅުމަށް ނިންމައިފިއެވެ.
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ އެހީގައި ހިންގާ ސްޓްރެންތެނިން ޖެންޑާ އިންކްލޫސިވް އިނިޝިއޭޓިވް ޕްރޮޖެކްޓުގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫއުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.
މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕްލޭނިންއިން ކުރި އިއުލާނުގައި ވަނީ މި ބީލަމަކީ އޯޕަން ކޮމްޕެޓިޓިވް ބިޑިންގ (އޯ.ސީ.ބީ) އުސޫލުގެ މަތިން، ސިންގަލް ސްޓޭޖް ވަން އެންވެލޮޕް އުސޫލުން ކުރިއަށް ގެންދެވޭ ބީލަމެއް ކަމަށެވެ. ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 1,500 ރުފިޔާ ނުވަތަ 100 ޔޫއެސް ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ.
ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ އެޕްރީލް 28 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި ފައިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑާ ޑިޕާޓްމަންޓުގެ ޖަލްސާކުރާ މާލަމުގައެވެ.