އުތުރުގެ އަތޮޅެއްގެ ފަޅު ރަށަކަށް ކުޑަކުދިންތަކެއް ގެންގޮސް، އެ ކުދިންނަށް ޖިންސީ ގޯނާކުރި މައްސަލައެއް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓްރީން ބަލަން ފަށައިފިއެވެ.
ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ހަތަރު ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރީ 24 އަހަރުގެ ފިރިހެނެއް ކަމަށްވެ އެވެ.
މިނިސްޓްރީން ބުނެފައިވަނީ މި މައްސަލައިގެ މައުލޫމާތު ލިބުމާއި އެކު ފުލުހުންނާއި އެވުޒާރާއި ގުޅިގެން މި މައްސަލަ ބަލަމުންދާއިރު، މި މައްސަލައިގައި ހިމެނޭ ހުރިހާ ކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން އެއްވެސް އެއްޗެއް ނުބުނެއެވެ.
ކުޑަކުދީންނާ ގުޅޭ މިފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަަކަށް ވާތީ ކުއްޖާ ރައްކާތެރިކުރުމުގެ ގޮތުން ކުއްޖާގެ އަތޮޅާއި ރަށް ހާމަނުކުރެއެވެ. އަދި އެ ފަދަ މައުލޫމާތުތައް ހާމަކުރުމަކީ މަނާ ކަމެކެވެ.