English Edition
Dhivehi Edition

އައްޑޫ ސިޓީ ހަންކެޑެ ޑީޓުއާ ލިންކް ރޯޑް (ބްރިޖު)ފެބުރުއަރީ 1، 2025 ވާ ހޮނިހިރު ދުވަހު އާންމުންނަށް ހުޅުވާލާނެކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފިއެވެ.

އައްޑޫ ރޯޑް އެންޑް ސްޓޯމް ވޯޓާ ޑްރެއިނޭޖް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ގެ ދަށުން ނިންމާފައިވާ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެން ގޮސްފައިވަނީ އިންޑިއާގެ އެގްޒިމް ބެންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުންނެވެ.

އައްޑޫ ސިޓީ ލިންކު ރޯޑު ބޭނުން ކުރާ ފަރާތްތަކަށް މަގުގެ ހާލަތު ދަށްވެ ގިނަ ދަތިތަކާ ކުރިމަތިވަމުން އަންނައިރު ހަންކެޑެ ބްރިޖު ނުހުޅުވި ލަސްވުމާއި ގުޅިގެން ވެސް ގިނަ ބައެއްގެ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. އައްޑޫ ސިޓީގައި އަޅާފައިވާ ހަންކެޑެ ބްރިޖް ނުހުޅުވި ލަސްވާންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެފައިވާއިރު ހަންކެޑެ ބްރިޖް ހުޅުވުމުގެ ތައްޔާރީތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށްޓަކައި އައްޑޫސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަ އަދި އައްޑޫސިޓީ ފުލުހުން ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.