English Edition
Dhivehi Edition
ފޮޓޯ: އެމްޓީސީސީ

ތ. ގުރައިދޫ އެއަރޕޯރޓް ތަރައްގީ ކުރުމަށް ބޭނުންވާ ބިން ހިއްކުމަށް ތައްޔާރުވެފައިވާކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

ގުރައިދޫގައި އެއަރޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމަށް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

އެމްޓީސީސީން ބުނީ ގުރައިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ބިން ހިއްކާ ސަަރަޙައްދުގައި ބަންޑު ވޯލް ޖެހުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.

ގުރައިދޫ އެއަރޕޯޓް ތަރައްޤީކުރުމަށް ކުރިއަށްގެންދާ ބިން ހިއްކުމުގެ މަސައްކަތުގެ ދަށުން 378،350 ކިއުބިކް މީޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. އަދި 979 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖަހާ 609 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖެހުމަށްވެސް ހަމަޖެހިފައިވެއެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 106.02 މިލިޔަން ރުފިޔާއެވެ. އަދި މި މަސައްކަތް 300 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.