އައްޑޫސިޓީގެ މީދޫ މަތިކިޅީގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ.
މިއީ އެ ރަށުގައި ފަތުރުވެރިންގެ މެދުގައި މަގުބޫލު ތަނެއް ކަމަށްވާ މަތިކިޅި އިކޯގާޑަން ހަދާފައި ހުންނަ ކުޅިއެވެ.
މައުލޫމާތު ލިބޭގޮތުގައި މިއަދު ހަވީރު ހުޅުދޫ ސަރަޙައްދުން ކުޅީގައި ރޯވި އަލިފާންގަނޑު ވަނީ ވަރަށް ބޮޑަށް ފެތުރިގެން ގޮސްފައެވެ.
ރޯވެފައިވާ އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުން އައި ނަމަވެސް އަދިވެސް އަލިފާންގަނޑު ނިއްވާނުލެވެއެވެ.
މީގެ ކުރިންވެސް މި ތަނުގައި އަލިފާން ރޯވެ ކުޅިއަށް އެކިވަރުގެ ގެއްލުން ވަނީ ވެފައެވެ.