English Edition
Dhivehi Edition

އަޝްވާނީ ދިރު ޑައިރެކްޓްކޮށްފައިވާ ހިސާބް ބަރަބާރު އެނބުރެނީ އެކަނިވެރި ބައްޕައެއް އަދި އިންޑިއަން ރޭލްވޭސްގެ ތެދުވެރި ޓިކެޓް އެގްޒެމިނަރެއް ކަމަށްވާ ރާދޭ މޯހަން ޝަރްމާ (އާރް މަދަވަން) ގެ މައްޗަށެވެ. ރާދޭ އަކީ ހިސާބަށް ކުޅަދާނަ މީހެކެވެ. މި ވާހަކަ ސްޕައިރަލް ވެގެން ދަނީ ކުޑަކުޑަ ކަމެއް ކަމަށް ފެންނަ ހާދިސާއަކުން ކަމަށްވާއިރު، ރާދޭއަށް އޭނާގެ ބޭންކުން އިންޓަރެސްޓް ދެއްކުމުގައި ކުޑަ ތަފާތެއް ފާހަގަ ކުރެވޭ ހިސާބުންނެވެ. އެންމެ 27.50 ރުފިޔާ ގެ ތަފާތެކެވެ.

އޭނާ ޝަކުވާ ހުށަހަޅަން ނިންމުމުން ގިނަ ބައެއްގެ މަލާމަތް އަމާޒުވި ނަމަވެސް އޭނާ އެކަން ހުއްޓާނުލައެވެ. މި ޝަކުވާއާއި އެކު ދެނޭ އޭނާ ގެންދަނީ މަކަރާއި ހީލަތުގެ ކަޅު އަނދިރިކަމެއްގެ ތެރެއަށެވެ. މި މައްސަލަ ގަނޑުގެ ތެރެއިން ރާދޭ އަށް އެނގިގެން ދަނީ އޭނާގެ ބޭންކުގެ ވެރިޔާ މިކީ މެހެތާ (ނީލް ނިތިން މުކޭޝް)، ކޮރަޕްޓް މިނިސްޓަރު ޑަޔަލް (މަނޫ ރިޝީ ޗަދުހާ) ގެ ތާއީދާއެކު ހިންގާ ބޮޑު ސްކޭމެއްގެ ވާހަކެއެވެ.

ދެން މި ފިލްމުގައި އުފެދޭ އެންމެ ބޮޑު ސުވާލަކީ މި ބޮޑު މަކަރާއި ހީލަތް ފަޅާއަރުވާލެވޭނެތޯއެވެ؟ ނުވަަތަ އޭނާ ގޮންޖަހަން މަސައްކަތްކުރާ ހަމަ އެ ނިޒާމު ނިވާފަތްގަނޑަކަށް ހަދައިގެން ހިމޭނުން ހުންނާނީ ތޯއެވެ؟ މި ސުވާލުތަކުގެ ޖަވާބު ހޯދުމަށް މިއީ ބަލާލަން ރަނގަޅު ފިލްމެކެވެ.