English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް

ތ. ތިމަރަފުށީ ގެއަކަށް ބަޔަކު ވަދެ މާރާމާރީ ހިންގި މައްސަލައިގައި 5 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މި މައްސަލަ އިއްޔެ މެންދުރުފަހު 1:27 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށާއި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 5 މީހުން ހައްޔަރުކޮށްފައިވާ ކަަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ

  • އަހްމަދު އަމީން (36އ)، ޖަހާމުގުރިގެ، ތިމަރަފުށި
  • އަހްމަދު ޝަހުދީ (38އ)، ސަލްވާ، ތިމަރަފުށި
  • މުހައްމަދު ރައޫފު (54އ)، ވ. ވާވަތް، މާލެ
  • އަބްދުﷲ އަޝްރަފް (39އ)، ގުލްބަކާ ވިލާ، ތިމަރަފުށި
  • އާސް އިބްރާހިމް (32އ)، ހިރި، ތިމަރަފުށި

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެެވެ. މި ހާދިސާގައި އެއްވެސް ފަރާތަކަށް އަނިޔާވި ކަމެއް ނުވަތަ ނޫންކަމެއް ފުލުހުން ހާމަކޮށްފައެއް ނުވާއިރު މައްސަލައާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއްވެސް ހާމަކޮށްފައެއް ނުވެއެވެ.