English Edition
Dhivehi Edition
ކާނިވަލް ސްޓޭޖް / ފޮޓޯ: އަވަސް

މަޖީދިއްޔާ ސްކޫލަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި 2004 ވަނަ އަހަރު ހުޅުވި އަލިމަސް ކާނިވަލް ގައި އަޅާފައިވާ ސްޓޭޖު ތަޅާލައި އާ ސްޓޭޖެއް އަޅަައިދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައި ވަނީ އަމިއްލަ ތަކެތީގައި އެ މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާ ކަމަށެވެ. ކާނިވާ ސަރަހައްދުގައި އާ ސްޓޭޖެއް އެޅުމާ ބެހޭ މަސައްކަތުގެ މައުލޫމާތު ދިނުމަށް ހަމަޖެހިފައި ވަނީ އަންނަ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި ހ. ހުޅުގަލި ގެ އެއްވަނަ ފަންގިފިލާގައެވެ. އަދި އަގު ހުށަހެޅުން އޮތީ މި މަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 11:00 ގައެވެ.

މީގެ އިތުރުން އެ އިއުލާނުގައި ބުނެފައިވަނީ ބީލަމުގައި ބައިވެރިވެވޭނީ ހަމައެކަނި ދިވެހި ކުންފުނި ތަކަށް ކަމަށެވެ. އެގޮތުން ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އަލަށް އަޅާ ސްޓޭޖުގެ ކޮންސެޕްޓު ޑިވެލޮޕް ކުރުމާއި އިންޖިނިއަރިން ކުރެހުންތައް ވެސް ތައްޔާރު ކުރަންޖެހޭނީ ކައުންސިލުގެ ޓެކްނިކަލް އިރުޝާދުގެ ދަށުން މަސައްކަތާ ހަވާލުވާ ކުންފުނިން ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ. އަދި މިހާރު ހުރި ސްޓޭޖް ތަޅާލައި ކުނިތައް އުކާލަން ޖެހޭނެ ކަމަށެވެ. އަދި އަލަށް އަލާ ސްޓޭޖްގެ ކަރަންޓާއި ޕްލަންބިން މަސައްކަތް ވެސް ކުރަންޖެހޭނެ ކަމަށް ބުނެފައި ވެއެވެ.