English Edition
Dhivehi Edition
ފޮޓޯ: ކައިލާން

ކަސްޓަމަރުންގެ ބޮޑު ތަރުޙީބެއް ލިބިފައިވާ ކައިލާން ޓްރެންޑްސް އަހަރީ ސޭލް 30 ނޮވެންބަރ 2024 ވާ ހޮނިހިރު ދުވަހު ފަނެށާކަމަށް ކައިލާންއިން މައުލޫމާތު ދެއެވެ.

މި ހިނގާ ނޮވެންބަރު މަހުގެ 30 ން 4 ޑިސެންބަރ 2024 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ސޭލް މިއަހަރުވެސް ކުރިއަށްދާނީ %50 ޕަސެންޓްގެ ބޮޑު ޑިސްކައުންޓް ތަކާ އެކީގައެވެ. ކައިލާން ޓްރެންޑްސް ހުޅުވިފަހުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މި ބޮޑު ސޭލްގައި ކައިލާން އިން ވިއްކާ ހުރިހާ މުދަލަކުންވެސް %50 ބޮޑު ޑިސްކައުންޓެއް ލިބޭނެއެވެ. ސޭލް އޮންނަ ކޮންމެ ދުވަހަކުވެސް ސޭލް ކުރިއަށްދާނީ އެދުވަހެއްގެ މެންދުރުފަހު 1:30 ން ރޭގަނޑު 11 އާއި ހަމައަށެވެ.

އަދި ނޮވެންބަރު މަހުގެ 30 ން 4 ޑިސެންބަރ 2024 އަށް ދެމިގެން ދާ ގޮތަށް މި ސޭލް ބޭއްވުމަށް ހަމަޖައްސާފައިވަނީ ވަރަށް ގިނަ ކަސްޓަމަރުންގެ އެދުމުގެ މަތިންކަމަށާއި، އަތޮޅުތެރެއިން މި ސޭލްއަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކަށްވެސް އުނދަގޫ ކަމެއްނެތި ސޭލްގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުންކަމަށް ކައިލާންއުން މައުލޫމާތު ދެއްވައެވެ.

ކައިލާން ޓްރެންޑްސް ގެ އަހަރީ ސޭލްގައި ކައިލާންއިން ހޯލްސޭލްކޮށް އަދި ރީޓޭލްކޮށް ވިއްކާ ވަރަށް ގިނަ މުދާ ލިބިލައްވާނެއެވެ.
އަދި އެހެން ފަހަރުތަކެކޭވެސް އެއްފަދައިން ސްޓޮކް ހުސްވަންދެން ހުރިހާ މުދަލެއްވެސް ލިބިލައްވާނެއެވެ.