އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް 3 އަކަށް ރާއްޖެ ވަޑައިގަތުމުގެ ދައުވަތު ރާއްޖޭގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދެއްވައިފިއެވެ.
އިނގިރޭސިވިލާތުގެ ރަސްގެފާނަށް މި ދައުވަތު ދެއްވީ، ކޮމަންވެލްތު ހެޑްސް އޮފް ގަވާމަންޓް މީޓިންގައި، ޗޮގަމް 2024 ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ސަމޯއާ މިހާރު ކުރައްވާ ދަތުރުފުޅުގައި، ކޮމަންވެލްތުގެ އެންމެ އިސްވެރިޔާ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް 3 ބޭއްވެވި ރަސްމީ ހަފްލާގެ ތެރެއިންނެވެ.
ނައިބު ރައީސް ކުރެއްވި ޕޯސްޓުގައި ވަނީ ރަސްގެފާނު ޗާލްސްއާ ބައްދަލުވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އިނގިރޭސިވިލާތުގެ ރަސްގެފާނަށް ރާއްޖެވަޑައިގަތުމުގެ ދައުވަތު ދެއްވާފައިވާކަން ނައިބު ރައީސްގެ ޕޯސްޓުގައި ވަނީ ހާމަކުރައްވާފައެވެ