English Edition
Dhivehi Edition
އޭޑީކޭ ހޮސްޕިޓަލް - ފޮޓޯ: ޕިންޓްރެސްޓް

ގދ. ނަޑެއްލާގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދެ މީހަކަށް ފަރުވާ ދިނުމަށް މާލެ ގެނެސްފިއެވެ.

ފުލުހުން މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނީ، ނަޑެއްލާގެ ޖެޓީ މަގުން ބާރު ދުވެލީގައި ދުއްވި ސައިކަލެއް ކޮންޓްރޯލްނުވެ، އެ ސަރަހައްދުގައި ޕާކުކޮށްފައި އޮތް ޕިކަޕެއް ކައިރީގައި ހުރި މީހެއްގެ ގައިގައި ޖެހިފައިވާ ކަމުގެ މައުލޫމާތު ރޭ ދަންވަރު 12 ޖަހާކަން ހާއިރު ލިބިފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން 18 އަހަރުގެ މީހާއަށާއި ފަހަތުގައި އިން 18 އަހަރުގެ މީހާ އަށާއި ޕިކަޕު ކައިރީގައި މަޑުކޮށްގެން ހުރި 47 އަހަރުގެ މީހާ އަށް އަނިޔާވެފައިވާކަމަށް ފުލުހުން ވަނި ބުނެފައެވެ.

އިތުރަށް ފުލުހުން ބުނީ ތިން މީހުންނަށް ފަރުވާ ދިނުމަށްޓަކައި ތިނަދޫ ސިޓީގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާކަމަށެވެ. އަދި މީގެ ތެރެއިން ސައިކަލު ދުއްވަން އިން މީހާ އާއި ޕިކަޕު ކައިރީގައި ހުރި މީހާ މިއަދު މާލެއަށް ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި ދެ މީހުންނަށް އިތުރު ފަރުވާ ދެމުންދާކަމަށްވެސް ފުލުހުން ވަނި ބުނެފައެވެ.

މީގެ އިތުރުން ފުލުހުން ބުނި ސައިކަލު ދުއްވި މީހާ އަކީ ލައިސަންސެއް ނެތް މީހެއް ކަމަށާއި މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށެވެ.