ނަތީޖާ ނެރެދޭ މީހަކަށް ވުމުގައި ނަފްސާނީ ދުޅަހެޔޮކަން ބޮޑު ދައުރެއް އަދާކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ފުސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅުވައި ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އުފެއްދުންތެރި، ނަތީޖާތައް ނެރެދޭ މީހަކަށްވުމަށް އިންސާނާގެ ނަފްސާނީ ގާބިލްކަން ބޮޑު ދައުރެއް އަދާކުރާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ. އަދި ސަލާމަތް ސިއްހަތުގެ ދެބައިކުޅަ އެއްބަޔަކީ ނަފުސާނި ދުޅަހެޔޮކަން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް ވަނީ ނަފުސާނީ ދުޅަހެޔޮކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިވަޑައިގެންފައެވެ.
ކޮންމެ އަހަރަކު ވެސް އޮކްޓޫބަރު މަހުގެ 10ވަނަ ދުވަހަކީ ނަފުސާނީ ދުޅަހެޔޮ ކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.