English Edition
Dhivehi Edition
ޖަމާޢަތްތެރީން ތަމްރީނުކުރުމުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން މާލޭ ސަރަހައްދުގައި ޖަމާޢަތްތެރީން ތަމްރީނުކުރުމަށް ޓަކައި ހިންގި ތަމްރީނު ޕްރޮގުރާމް ނިންމައިލައި ބައިވެރީންނަށް ހަނދާނީ ލިޔުން ދީފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ތަމްރީނު ޕްރޮގްރާމްގައި ފިރިހެނުންނާއި އަންހެނުން ހިމެނޭހެން ޖުމުލަ 28 މީހަކު ބައިވެރިވެފައިވާ ކަމަށެވެ،

ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގައި ހިންގި މި ތަމްރީނު ޕްރޮގްރާމުގައި ކިޔަވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވާއިޡުންކަމަށްވާ ޢާޒިމް ޚާލިދާއި ޢަބްދުލްޤާދިރު މުޙައްމަދެވެ.

މި ތަމްރީން ޕްރޮގުރާމް ހިންގައިފައިވަނީ ދެ ހަފުތާގެ މުއްދަތަށެވެ. މިއީ މާލެއާއި ރާއްޖޭގެ ރަށްރަށުގައި ކަށުކަމާކެމީގެ ކަންތައްތައް ކުރާނެ އެކަށީގެންވާ ތަމްރީނު ލިބިފައިވާ މީހުން އިތުރުކުރުމުގެ މަގުސަދުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިރުޝާދުގެ މަތީން ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ހިނގަވާ ސިލްސިލާ ޕްރޮގުރާމުގެ ތެރެއިން ހިންގެވި ތަމްރީނެކެވެ.